އިޢުލާނު
މި އޮފީހުން ކުރި ނަންބަރު: IUL)486-AP/486/2023/4) އިޢުލާނާއި ގުޅިގެން ސިސްޓަމް އެޑްމިނިސްޓްރޭޓަރ މަޤާމަށް ކެނޑިޑޭޓަކު ލިބިފައި ނުވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
|
މަޤާމު:
|
ސިސްޓަމް އެޑްމިނިސްޓްރޭޓަރ
|
ކްލެސިފިކޭޝަން އަދި ގްރޭޑް
|
އެގްޒެކެޓިވް އޮފިސަރ ގްރޭޑް - 3
|
ރޭންކް
|
އޯޓީޖޭ އެސް11
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސާރވިސް ޑިޕާރޓްމަންޓް
|
މުސާރަ:
|
15,000/-ރ (ފަނަރަ ހާސް ރުފިޔާ)
|
ސަރވިސް އެލަވަންސް:
|
6000/- ރ (ހަހާސް ރުފިޔާ)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އޮފީހުގެ ކޮމްޕިއުޓަރތައް ސެޓްއަޕްހަދާ ސާރވިސް ކުރުން
- އޮފީހަށް ބޭނުންވާ އެންމެހާ ޓެކްނިކަލް އަދި އައިޓީ ސަޕޯޓް ދިނުން
- އައިޓީ އާއި ގުޅުންހުރި ތަކެތި އޮފީހަށް ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން
- އޮފީހުގެ ކޮމްޕިއުޓަރތަކާއި ނެޓްވާރކްއަށް ދިމާވާ މައްސަލަތައް އަދި މިނޫންވެސް އައިސީޓީ މައްސަލަތައް ހައްލު ކުރުން
- އޮފީހުގެ ކޮމްޕިއުޓަރތަކަށް ބޭނުންވާ ސޮފްޓްވެއަރ އެޅުމާއި ވައިރސް ފްރީކުރުން
- އޮފީހަށް ބޭނުންވާ ސްޕްޓްވެއަރ ޑިވެލޮޕް ކުރަންޖެހިއްޖެ ނަމަ، އެ މަސައްކަތް ކުރުން
- އޮފީހަށް ބޭނުންވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ ކްލިޕް އަދި އެހެނިހެން ރިސޯސް ތައްޔާރު ކުރުމުގައި ބޭނުންވާ ޓެކްނިކަލް އެހީފޯރުކޮށްދިނުން
- އޮފީހަށް ބޭނުންވާ ޑޭޓާ ބޭސްތައް ޑިވެލޮޕް ކުރުން
- ބައްދަލުވުންތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުން
- ސޯޝަލް މީޑިއާ ޕްލެޓްފޯމު ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން އަދި ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
- އަދި މިނޫންވެސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން
|
މަޤާމުގެ ޝަރުޠުތައް:
|
ދާއިރާއާއި ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
- ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.
|
ސުންގަޑި:
|
5 ސެޕްޓެމްބަރ 2023 ގެ 14:00
|
އެހެނިހެން:
|
- މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
- މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039900 ނަންބަރއަށެވެ.
އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|