ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން.

ނަންބަރ: (IUL)258/258/2023/132     

 

އިޢުލާން

    

ރުއްގަހުގެ ވެރިފަރާތް ހޯދުން

 

 

ހަނިމާދޫގައި އަލަށްއެޅުމަށް ހަމަޖެހިފައިވާ ޓާފުދަނޑު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު، ރަންވޭމަގުގެ އިރުން، ފާށަނާމަގުން ދެކުނުގައި ހިމެނޭ ސަރަޙައްދުގައި، ރީނދޫ ކުލައިގެ ދަވާދުން ރަސްގެ ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިން، އެމީހެއްގެ ރުއްގަސް އިންދުމަށް މިއިދާރާއިން ދޫކޮއްފައިވާ ހުއްދަ، ނުވަތަ ރަޖިސްޓްރީ ލިޔުން، ނުވަތަ އެފަދަ ރުއްގަސް އެމީހެއްގެ އެއްޗެއްކަން ކަނޑައަޅާ ޝަރީޢަތުން ނިންމާފައިވާނަމަ، އެފަދަ ރުއްގަހުގެ ވެރިން މަތީގައި ބަޔާން ކޮށްފައިވާ ލިޔުން 2023 ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގައި އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާނަމަ އެފަދަ ރުއްގަހުގެ ވެރިއަކު ނެތްކަމުގައި ބަލައި، އެ ރުއްގަސް ނަގާ ދަނޑު އެޅުމުގެ މަސައްކަތް ކުރާނެކަން އަންގާ އިޢުލާން ކުރީމެވެ.

13  ޞަފަރު  1445

29  އޮގަސްޓް 2023

29 އޮގަސްޓް 2023
ހޯދާ