ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
ހިއުމަން ރިސޯސް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
އަސާސީ މުސާރަ: |
-/5,000 |
އެލެވެންސް: |
ފޯން އެލަވަންސް: -/200 ރުފިޔާ |
އިތުރު ގަޑި: |
ރަސްމީ ގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް ދެވޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު: |
|
މަސްއޫލިއްޔަތު:
|
- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރުން. - މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރެވިދާނެ ގޮތްތައް ފާހަގަކޮށް އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން. - ކޯޕަރޭޝަންގެ އިދާރީ އޮނިގަނޑު ސިސްޓަމުން ފަސޭހައިން ފެންނާނެހެން ބަލަހައްޓައި، ވެބްސައިޓްގައި ޖެހުމާއި، އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދީ، އަދި އޮނިގަނޑަށް ގެނެވޭ ބަދަލުތައް އަޕްޑޭޓްކުރަމުން ގެންދިއުން. - ކޯޕަރޭޝަންގެ މަޤާމުތަކުގެ ވަޒީފާ ބަޔާން ތައްޔާރުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. - މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ފާހަގަކޮށް އެ ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. - މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން. - މުވައްޒަފުންގެ އެޓެންޑެންސް ރިވިއު މަހުން މަހަށް ތައްޔާރުކޮށް ސްޕަވައިޒަރަށް ފޮނުވުން. - ކޯޕަރޭޝަންގެ މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން. - އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މަސައްކަތު ވަގުތު: |
- ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވާރި 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި) - ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ސުން ގަޑި: |
02 މާރިޗު 2015 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ނޯޓް: |
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. |
އިތުރު މަޢުލޫމާތު: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މާލެ، ދިވެހިރާއްޖެ |