މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުން (އެން.ޑީ.އާރު) ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް ހުޅުވާލުން

 އެނދުމަތި ވެފައިވާ ފަރާތްތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ނޭޝަނަލް ސޯސަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ދެވޭ މާލީ އެހީތެރިކަން ހޯދައިދިނުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތާއި ގުޅިގެން އެފަރާތްތައް ނޭޝަނަލް ސޯސަލް ޕްރޮޓެކްޝަން އެޖެންސީގެ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕޯޓަލްގައި ރަޖިސްޓްރީވުމަށް https://ndr.nspa.gov.mv ލޮގިންވެ އަމިއްލައަށް މައުލޫމާތު ފުރިހަމަ ކުރެއްވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އަދި ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ވީމާ، މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިއިދާރާއާއި ގުޅުއްވައި ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ރަޖިސްޓްރީ ކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުން އެދެމެވެ.  

29 އޮގަސްޓް 2023
ހޯދާ