ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ފުރުޞަތު

ކޮންސަލްޓެންސީ

ލޯކަލް ކޮންސަލްޓެންޓް (ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން) 

މަސައްކަތުގެ އަގު

މަސައްކަތުގެ އަގު ކަނޑައެޅޭނީ ހުށަހެޅޭ ޕްރޮޕޯޒަލެއްގެ މައްޗަށް ބިނާކޮށެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

  1. ކޮމިއުނިކޭޝަން، މީޑިއާ ނުވަތަ ޖާނަލިޒަމްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ލެވެލަށް ތަޢުލީމު ހާސިލު ކޮށްފައިވުން.
  2. 5-3 އަހަރުގެ ކޮމިއުނިކޭޝަން، މީޑިއާ ނުވަތަ ޖާނަލިޒަމްގެ ދާއިރާއިގެ މަސައްކަތުގެ  ތަޖުރިބާ ހުރުން
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން
  4. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެންގުން
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން
  6. އަތޮޅުތަކަށް މިމަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރިނުވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

ގެވެށި އަނިޔާއާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުވުމަށް 'މީޑިއާ އެންޑް އެޑްވަކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން. މިގޮތުން މިމަސައްކަތްކުރުމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގެ (މާލެ އަދި އަތޮޅުތައް ހިމެނޭގޮތަށް)  މަޝްވަރާ ހޯދަންވާނެއެވެ.

ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv ވަޑައިގެން، "މީޑިއާ" ނެންގެވުމަށްފަހު "އިޢުލާން" ނެންގެވުމުން ލިބޭނެއެވެ.   http://fpa.gov.mv/downloads/MAAP.pdf

މިކޮންސަލްޓެންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު  ހުށަހަޅަން ވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)

ނޯޓު:

- މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މިކޮންސަލްޓޭޝަންއަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.

- ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

މި ކޮންސަލްޓެންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 17 މާރިޗު 2015 ވަނަ ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

16 ފެބުރުވަރީ 2015
ހޯދާ