ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ ރަށްވެހިހިޔާއަށް ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ

ހއ.އިހަވަންދޫ ރަށްވެހިހިޔާއަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަމްބަރު (IUL)248-PRU/248/2023/64 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

ވީމާ، މިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް " އިހަވަންދޫ ރަށްވެހިހިޔާއަށްބޭނުންވާ ފަރުނީޗަރ   ސަޕްލައިކޮށް ދިނުމަށް އެދި"  ލިޔުއްވާފައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ރަޖިސްޓަރީ ކުރުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުދަ

06 ސެޕްޓެންބަރު 2023

14:00 އަށް

އަންދާސީހިސާބު

ހުށަހެޅުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދީއްތަ

10 ސެޕްޓެންބަރު 2023

11:00 ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 އޮގަސްޓް 2023
ހޯދާ