ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-F/313/2023/59 :ނަންބަރު
އިޢުލާން
ބ.ކުޑަރިކިލުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ
ކުޑަރިކިލުގައި ގެސްޓްހައުސް ތަރައްޤީކުރުމަށް 513.6 އަކަމީޓަރުގެ ބިމަކާއި، 509.7 އަކަމީޓަރުގެ ބިމަކާއި އަދި 437.4 އަކަމީޓަރުގެ ބިމަކާއެކު މުޅި ޖުމްލަ 3 ބިން، ދިގުމުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޝްރޫއުގެ ބީލަންފޮތް 28 އޯގަސްޓް 2023 ވާ ހޯމަ ދުވަހުންފެށިގެން 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން 13:30 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ ދިވެހި ކުންފުންޏެއްނަމަ -/1500 (ފަނަރަސަތޭކަ) އަދި ބޭރުގެ ކުންފުންޏެއްނަމަ -/3000 (ތިންހާސް) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން މިއިއުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް ފުރުމަށްފަހު ކައުންސިލްގެ ހޮޓްލައިން ނަމްބަރަށް ވައިބަރ ކޮށްލުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. އަދި ބީލަންފޮތް ގަންނަ ފަރާތްތަކަށް އިތުރު މަޢުލޫމާތު ދިނުމުގެ ގޮތުން މަޢުލޫމާތު ސެޝަންއެއް 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފޯމް މިއިއުލާނާއެކު އަޕްލޯޑް ކުރެވިފައިވާނެއެވެ. އޮންލައިންކޮށްވެސް މި ސެޝަންގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާދެވޭނެއެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 19 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 އެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޮން ޕްރޮޖެކްޓެއްކަން އެނގޭގޮތަށް ނަން ޖަހަން ވާނެއެވެ. އީމެއިލްގެ ޒަރިއްޔާއިންނާއި ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. މި ބީލަމުގައި ގެސްޓްހައުސްތަކަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސައްތައިންސައްތަ ދިވެހި ކުންފުނިތަކަށާއި، ދިވެހި ޕާޓްނަރޝިޕްތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކަށް އަދި ފޮރިން އިންވެސްޓްމަންޓް ތަކަށެވެ. މަޝްރޫޢުތަކަށް ކައުންސިލުން ހޭދަކުރަންޖެހޭ ގޮތަށް ބިޑް ހުށަހަޅައިގެން ނުވާނެއެވެ.
- މާކްސް ދެވޭނެ ގޮތުގެ ތަފްސީލް
ބިޑަށް މާކްސް ދޭނެ ގޮތް |
||
# |
މާކްސް ދެވޭ ކްރައިޓީރިޔާ |
މާކްސް ދެވޭ މިންގަނޑު |
|
ކުލި |
20 |
|
ލީސް ހޯދުމުގެ ޙަރަދު |
25 |
|
ހުށަހަޅާ އީކޯ ފްރެންޑްލީ އެޕްރޯޗް |
10 |
|
ތަރައްޤީކޮށް ނިންމަން ހުށަހަޅާ މުއްދަތު |
13 |
|
|
|
|
ހުށަހަޅާ ހިއުމަން ރިސޯސް ޕްލޭން |
15 |
|
ސީ.އެސް.އާރު |
17 |
2. އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
3 ކުންފުންޏެއް ނަމަ ކުންފުނީގެ ވަނަވަރު
4 ބީލަން ފޮތުގައި ހުށަހަޅަން ކަނޑައަޅާފައިވާ އެންމެހާ ލިޔެކިޔުންތައް
3. އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 4000079
ހޮޓްލައިން : 9170060
އީމެއިލް އެޑްރެސް : [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޞަފަރު 1445
28 އޮގަސްޓް 2023