ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ސާފުކުރުން
ތިރީގައި މިދަންނަވާ ރުއްގަހުގެ މަޢުލޫމާތު ސާފުކުރަން ބޭނުންވެއެވެ. މި ރުއްތަކުގައި ރަތްކުލައިގެ ދަވާދުން 01 ން 07 އަށް ނަންބަރު ޖަހާފައި ވާނެއެވެ.
- ޝާހިދާ މަންޒިލްގޭ އުތުރުފަރާތު ކަންމަތީގައި ހުރި 01 ން 03 އަށް ނަންބަރު ޖަހާފައިވާ ރުއް.
- ހީނާގޭ އުތުރުފަރާތު ކަންމަތީގައި ހުރި 04 ން 06 އަށް ނަންބަރު ޖަހާފައިވާ ރުއް.
- ޝާހިދާ މަންޒިލްގޭ އުތުރުފަރާތު ކަންމަތީގައި ހުރި 07 ނަންބަރު ޖަހާފައިވާ ކަނަބުޑުލީ ނުފޯދޭ ރުއް.
ވީމާ، މަޢުލޫމާތު ސާފުކުރުމަށް މިސަރަޙައްދުތަކުގައި ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 2023 ސެޕްޓެންބަރ 05 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކޮށްދެއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ސާފު ކޮށްދެވިފައި ނުވާ ރުއްތައް ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނޭ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 އޮގަސްޓް 2023
ހޯދާ