މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
04
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1
|
ރޭންކް: އެސް.އެސް.1
|
މުސާރަ
|
މަހަކު -/3,100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1,000 ރުފިޔާ
|
އިނާޔަތްތައް
|
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސެކްޝަން/ ޔުނިޓް/ ތަން
|
ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް
|
މަޤާމުގެ މަސްއޫލިއްޔަތު
|
ފުވައްމުލަކުއެއަރޕޯޓްގެ ޢާންމު މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު
|
1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފްލައިޓް އޮޕަރޭޝަންސާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ރަންވޭ މަރާމާތުކޮށް ކުލަލައި ބެލެހެއްޓުމާއި، ރަންވޭ އަދި އޭޕްރަންގެ ކައިރިޖެހުމުގެ އިތުރަށް ރަންވޭ ސާފުކޮށް ބެލެހެއްޓުން.
- ޓާރމިނަލް ފޮޅައި ސާފުކޮށް، ޓާމިނަލްގައި ލާންޖެހޭ ކުލައާއި ދަވާދުލުމާއި ޓާމިނަލްގެ ސަރަޙައްދުގައި ބަގީޗާ ގަސް އިންދައި ބެލެހެއްޓުން
- ޓްރޯލީތައް ބެލެހެއްޓުމާއި ފަސިންޖަރުންނަށް ދަތިނުވާނެ ގޮތެއްގެމަތީން ޓްރޮލީތައް ލިބެންހުންނާނޭ އިންތިޒާމު ހަމަޖެއްސުމާއި ފްލައިޓް ގަޑި ނިމުމުން ޓްރޮލީތައް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށް ޓްރޮލީތައްލުން.
- ޓާރމިނަލް އެތެރޭގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުމާއި އަދި ޓާރމިނަލް ކުރިމަތީ ޕާކުގައި ހުންނަ އާންމު ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
- އަދި މީގެއިތުރުންވެސް ޓާރމިނަލް ސަރަހައްދު ސާފްކޮށް ބެލެހެއްޓުމާއި ފަސިންޖަރުންނާއި ޒިޔާރަތްކުރާ މެހެމާނުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރާވައި ހިންގަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
- އެއަރޕޯޓުގެ ޢިމާރާތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި އަދި ތަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތާކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން / ފުވައްމުލަކު އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
|
ސުންގަޑި
|
02 މާރިޗު 2015 ވަ ހޯމަދުވަހުގެ 15:00 އަށް.
|
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ފުވައްމުލަކު އެއަރޕޯޓް އޮފީހުގައެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވާނީ ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|