މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންދުނި ލާންޗުގެ 2 އިންޖީނު އޯވަރހޯލްކުރުމާއެކު އިތުރުބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރައިގެ ( ރަންދުނި ) ލާންޗުގެ 2 އިންޖީނު އޯވަރހޯލްކުރުމާއެކު އިތުރުބައެއް މަރާމާތުތައް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު IUL)228-DG/228/2015/6)ފ(04 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާއަށް ދުރުވެ، އަންދާސީހިސާބު ( ބިޑު ) ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ( ބިޑް ) ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ