ދިވެހިރާއްޖެ
2023 ސެޕްޓެންބަރ މަހުގެ 16 ން 17 އަށް މިއިދާރާގެ ފަރާތުން " ދޮންފަނު ކައުންސިލްގެ ޤުރުއާން މުބާރާތް 1445" ގެ ނަމުގައި ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 ގޮތްޕަކަށް ބަހާލައިގެންނެވެ. މިމުބާރާތުން ވަކި އިންސައްތަ މާރކްސް އެއް ލިބޭ ދަރިވަރުންނަށް އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤްރުއާން މުބާރާތުން ފުރުސަތު ލިބިގެންދާނެއެވެ. އަތޮޅު ކައުންސިލްގެ ގްރުއާން މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ ގޮތްޕެއްގެ ކޮންމެ އުމުރުފުރައަކުންވެސް ފުރުސަތު ލިބެނީ 2 ބައިވެރިންނަށް ކަމަށްވާތީ، މިމުބާރާތުން ކުދިން ހޮވާއިރު ނަގާނީ ކޮންމެ ގޮތްޕަކުން އެ އުމުރުފުރައިން އެންމެ މަތިން ޕޮއިންޓް ލިބޭ 2 ދަރިވަރެކެވެ.
ވީމާމިމުބާރާތުގައި ކުދިން ބައިވެރި ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އެއްހީރަސް ކުރެވިފައިވާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.