ދިވެހިރާއްޖެ
މި ސެންޓަރުގެ ނަންބަރު (IUL)479-PR/479/2023/02 (09 މާރިޗު 2023) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެއް އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް، އާބިޓްރޭޝަނުގެ ބިލު އަދި މީޑިއޭޝަނުގެ ބިލު އެކުލަވާލަން ކޮންސަލްޓެންޓެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2023 އޮގަސްޓު 27 ވާ އާދިއްތަ ދުވަހުން ފެށިގެން 2023 އޮގަސްޓު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށް މި ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ބީލަން ހުށަހަޅާ ފަރާތް ނުވަތަ ޕްރޮފެޝަނަލް ސަރވިސް ފަރމްގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2023 ސެޕްޓެންބަރު 05 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން[email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުށަހެޅުން |
ތަން: މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ގަޑި: 2023 ސެޕްޓްންބަރު 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ނޯޓު: ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
11 ޞަފަރު 1445