ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ މެރަތަން 2023 އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ބޭއްވުމަށް ނިންމާފައިވާ "ހައްދުންމަތީ މެރަތަން 2023" އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2023/49 (30 ޖުލައި 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާތިލްކޮށް އެ ފުރުޝަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ސެޕްޓެންބަރު 05 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން https://forms.office.com/r/kzLA2jiaWc ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވާ، 2023 ސެޕްޓެންބަރު 17 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ.

 

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެކަމުގައި ދަންނަވަމެވެ.

27 އޮގަސްޓް 2023
ހޯދާ