ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމާއި ގުޅޭ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސޮފްޓްވެއަރ ޓީމާއެކު މަސައްކަތްކުރާނެ ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދަން ކުރެވުނު ނަންބަރު 198F/2023/93 އިޢުލާނާއި ގުޅިގެން އެކަށިގެންވާ އަދަދަކަށް ފަރާތްތަކުން ކުރިމަތި ލާފައި ނުވާތީ މި މަސައްކަތައް އަލުން އިޢުލާނު ކުރަމެވެ.
މަގާމް |
އަދަދު |
ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓް |
01 |
މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 03 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން މެއިލް ކުރުން އެދެމެވެ.
މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 އޮގަސްޓް 2023
ހޯދާ