މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯރޓް (ބީ.ޓީ.އާރް)" މަޝްރޫއަށް ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް (ޕީ.އެފް.އޭ.އޭ) އެއް ހޯދުމާއި ގުޅޭ

"ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯރޓް (ބީ.ޓީ.އާރް)" މަޝްރޫއަށް ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް (ޕީ.އެފް.އޭ.އޭ) އެއް ހޯދުމާއި ގުޅޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް (ޕީ.އެފް.އޭ.އޭ)

 

"ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯރޓް (ބީ.ޓީ.އާރް)"އަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (UNEP) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިގޮތުން މިމަޝްރޫއުގެ މަސައްކަތަށް 24 މަސްދުވަހަށް (01) ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް (ޕީ.އެފް.އޭ.އޭ) އައްޔަންކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން  7 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން؛ ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 3 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، [email protected]  އަށެވެ.  އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯރޓް (ބީ.ޓީ.އާރް)" މަޝްރޫއަށް ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް (ޕީ.އެފް.އޭ.އޭ) އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]  ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

27 އޮގަސްޓް 2023
ހޯދާ