މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ކުރިމަތީ ފެންސް މަރާމާތުކުރުމާއި ދެންހުރި ފެންސްތައް ނަގައި ފެންސް ޖަހާފައިވާ ފާރުތަށް (ބީމްތަކާއެކު) 7 ފޫޓަށް އުސްކޮށް، ތަނބުއަޅާ ރާނާ ސިމެންތިޖަހާ ގޭޓް މަރާމާތުކުރުމުގެ މަސައްކަތް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިރަށު ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ކުރިމަތީ ފެންސް މަރާމާތުކުރުމާއި ދެންހުރި ފެންސްތައް ނަގައި ފެންސް ޖަހާފައިވާ ފާރުތަށް (ބީމްތަކާއެކު) 7 ފޫޓަށް އުސްކޮށް، ތަނބުއަޅާ ރާނާ ސިމެންތިޖަހާ ގޭޓް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮގަސްޓް 28 އިން 2023 ސެޕްޓެންބަރު 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެންބަރު 06 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ސެޕްޓެންބަރު 11 ވާ ހޯމަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ރަސްމާދޫ ކައުންސިލް އިދާރާ
ރ.ރަސްމާދޫ، ދިވެހިރާއްޖެ.
ފޯން: 6580049
އީ-މެއިލް: [email protected]
27 އޮގަސްޓް 2023
ހޯދާ