ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން ކައުންސިލްތަކަށް ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ވިޔަފާރިކޮށް އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލޮބިގެންވެއެވެ. ޤަވާޢިދު ނަންބަރު 2021/R-49 (ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއިއެކު ވިޔަފާރި ކުރުމުމާބެހޭ ޤަވާޢިދު) ގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރަކަށް އައްޔަންކުރާ ކޮންމެ ފަރާތަކީ ރެޖިސްޓްރާރ ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރައްވާފައިވާ ފަރާތަކަށް ވުން ޝަރުތު ކަނޑައަޅާފައިވާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އެގޮތުން، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑު މެމންބަރަކަށް އައްޔަންކުރާ ފަރާތްތައް ފުރިހަމަކުރުން ޝަރުތުވާ ތަމްރީން ޕްރޮގްރާމް – "ލޯކަލް އޮތޯރިޓީ ކުންފުނި ޑިރެކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް" ގެ 11 ވަނަ ސިލްސިލާ 2023 ސެޕްޓެމްބަރ 19-21 އަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލުމާތު ތިރީގައި މިވަނީއެވެ.
- ޕްރޮގްރާމް ކުރިއަށް ގެންދެވޭ ގޮތް: އޮންލައިން
- މި ތަމްރީން ޕްރޮގްރާމުން އުނގެނޭ ބައިތައް:
- ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހިންގުމަށް ބޭނުންކުރެވޭނެ އަމަލީ އޮނިގަނޑުތަކާއި،
- ހަރުދަނާ ވިޔަފާރި ނިންމުންތައް ކަނޑައެޅުމަށް އެހީތެރިވެދީ،
- ވިޔަފާރީގެ ހުނަރު ތަރައްޤީ ކޮށްދޭނެ ވަސީލަތްތަކާއި އުކުޅުތަކާއި ގުލޭ މަޢުލޫމާތު
- ޕްރޮގްރާމުގެ ފީ: 1000/-ރ (އެއްހާސް ރުފިޔާ)
މި ޕްރޮގްރާމުގައި ރަޖިސްޓްރީވެ ބައިވެރިވެލެއްވުމުގެ ފުރުޞަތު އާންމުންނަށްވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައިވާ ލިންކް / ކިއު.އާރު ކޯޑް މދުވެރިކޮށް ރަޖިސްޓަރ ކޮށްދެއްވުން އެދެމެވެ. ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓަރ ކުރައްވަ ފަރާތްތަކަށް ބައިވެރވެލެއްވުމާ ގުޅޭ ތަފްސީލުތަކާއި ލިންކް ސީ.އެމް.ޑީ.އޭ އިން ފޮނުވާނެ ވާހަކަ ދަންނަވަމެވެ.
ޕްރޮގްރާމަށް ރަޖިސްޓަރވުމުގެ ލިންކާއި ކިއު.އާރު ކޯޑު:
https://forms.gle/f67AFpp2nXAHNJgp8
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.