ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

       

 ގދ. އަތޮޅު މަދަރުސާ

  ދިވެޖިރާއްޖެ  

  ނަންބަރު: GS-30(IUL)/2023/20 

                         

އިޢުލާން

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-317775

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް އުސޫލުން )

މަޤާމުގެ ރޭންކު:

ޖީ.އެސް 3  

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުއްދަތު

03 މަސް ދުވަސް

މުސާރަ:

5965.00ރ ( މަސައްކަތްކުރާ ވަގުތަށް ބަލައިގެން)

* ދުވާލަކަށް ދެވޭނެ މިންވަރު (6 ގަޑިއިރުގެ މަސައްކަތަށް 271.14 ރ

* 1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު 45.19 ރ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގދ. އަތޮޅުމަދަރުސާ / ގދ.ގައްދޫ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ އަހަރަކުވެސް މަދަރުސާގެ LKG އަށާއި އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިޢުލާނުކޮށް ، ޖެހިގެން އަންނަ އަހަރުގެ ކިޔެވުން ފެށުމަށް ދަތިނުވާނޭގޮތަށް މަދަރުސާއަށް ވަންނަ އަދި މަދަރުސާއިންވަކިވާ ކުދިންނާއި ބެހޭ މަޢުލޫމާތު ރަޖިސްޓަރީތަކުގައި (ހާޒިރީ ރަޖިސްޓަރީ އާއި މެއިންރަޖިސްޓަރީ ރަޖިސްޓަރީ ، ޑްރައިވުގައިވާ އެންރޯލްމެންޓް ގައި) ލިޔެ އަބަދުވެސް ރަޖިސްޓަރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި،  އަލަށް މަދަރުސާއަށް ވަންނަ ދަރިވަރުންގެ ފައިލްތައް ތައްޔަރުކޮށް ފައިލްތަކާއި ޙަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ /ޓީޗަރ އާއި ޙަވާލުކުރުން.

ސްޓާރފް ރޫމްގައި ބާއްވާފައި އޮންނަ ޑެއިލީ އެޓެންޑެން ޝީޓް ކޮންމެ މަހެއް ފެށޭ ދުވަހު ބަދަލުކުރުން. އަދި ޓީޗަރުން ޝީޓް ދުވަހުން ދުވަހަށް ނުފުރާނަމަ ލީޑީންގް ޓީޗަރާއި އެކަން ޙިއްޞާކުރުން.

  1. 2.       ދަރިވަރުންނަށް ބޭނުންވާ ފޮތްތަކަށް ޕޯޓަލް ތެރެއިން ރިކުއެސްޓްކުރުމާއި، ފޮތްތަށް ލިބުމުން ޕޯޓަލް ތެރެއިން ބަލާގަނެ،ދަރިވަރުންނަށް ފޮތްތައް ބެހުމުގައި ތައްޔާރުކުރަންޖެހޭ ޝީޓްތަކާއި، ވައުޗަރު ދޫކުރުމަށް ތައްޔާރު ކުރަންޖެހޭ ޝީޓްތައް  ތައްޔާރުކޮށް ކަޑައެޅިފައިވާ މުއްދަތުގައި ވައުޗަރު އަދި ފޮތްތައް ބެލެނިވެރިންނާއި ހަވާލުކުރުން.
  2. 3.       ދަރިވަރުންގެ ރަޖިސްޓްރީ އަދި "މީމިސް" އަށް އަޅަންޖެހޭ ހުރިހާ މައުލޫމާތެއް އަޅާ އަޕްޑޭޓްކޮށް ބެލެހެއްޓުން
  3. 4.       ދަރިވަރުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން . އެ ދަރިވަރެއްގެ ހުރިހާ ލިޔެކިޔުމެއް ފައިލް ތަކުގައި ފައިލް ކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. 5.       ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް ވައުޗަރތައް ޙަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ދަރިވަރުންގެ ލިސްޓްތަކާއި ބެލެނިވެރިންނަށް އަންގަން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ދަރިވަރުންނަށް ވައުޗަރުތައް ޙަވާލުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސުން.
  5. 6.       އިސްވެރިޔާއާއި ކަމާއިބެހޭ މުވައްޒަފުންގެ އިރުޝާދު ހޯދައިގެން މަދަރުސާގެ ކޮންމެ އަހަރެއްގެ ހެޑް އޮފް ސްކޫލް ރިޕޯރޓް  ތައްޔާރުކޮށް އިސްވެރިޔާ އާއި ހަވާލުކުރުން.
  6. 7.       ނާސްތަ ޕްރޮގުރާމްގެ ކަންތައްތައް ރާވާ ހިންގުމާއި، ނާސްތާ ޕްރޮގުރާމްގެ ޝީޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން، އަދި އޭގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.
  7. 8.       އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތު ކުރުމުގައި މަޑުމައިތިރިކަމާއިއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން
  8. 9.       ސެކްޝަނުގެ މުވައްޒަފަކު އޮފީހަށް ހާޒިރު ނުވުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
  9. 10.   އިސްވެރިޔާ ނުވަތަ ސެކްޝަނުގެ ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި، ހިންގައި، އެންމެހައި ކަންތަކުގައި ބައިވެރިވެ އެކަންތައް ކުރުން. 

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް: 

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: ނެތް

ޕްރިފަރޑް ޑިސިޕްލިން: ނެތް

ކޯރ ޑިސިޕްލިން: ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. 3.       ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮގަސްޓް 2023  ގެ 14:00 ގެ ކުރިން، ގދ. އަތޮޅުމަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 ސެޕްޓެންބަރ 2023 އާއި 10 ސެޕްޓެމްބަރ 2023 އާ ދެމެދު، ގދ. އަތޮޅުމަދަރުސާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7983083) އަށެވެ. އީ-މެއިލް ކުރާނީ ([email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ.

 

27 އޮގަސްޓް 2023
ހޯދާ