ދިވެހިރާއްޖެ
"މިމިނިސްޓްރީއަށް ބޭނުންވާ ޕޭޕަރުތަކެއް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)459-A/1/2015/8) އިޢުލާން ބާޠިލުކޮށް އެކަމަށް އަލުން އިޢުލާން ކުރުން"
މިމިނިސްޓްރީއަށް މުވައްޒަފުން ހޮވާއިރު ހައްދަން ބޭނުންވާ އިމްތިޙާނުތަކަކާ ގުޅިގެން ތިރީގައި ދެންނެވިފައިވާ ޕޭޕަރުތައް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެންކުރި ނަންބަރު: IUL)459-A/1/2015/8) އިޢުލާން ބާޠިލުކޮށް، މިކަން ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ހަދަން ބޭނުންވާ ޕޭޕަރުތައް:
- ކޭސް ވޯކަރުންގެ ޕްރޮސީޖަރ މެނުއަލްއާ ގުޅިގެން އިމްތިޙާން ޕޭޕަރ
- އެޕްޓިޓިއުޑް ޓެސްޓް ޕޭޕަރ
- ކޭސް ސްޓަޑީ ޕޭޕަރ
ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 2 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ - 1ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:0 ގައި މިމިނިސްޓްރީގައި (ހުރަވީ ބިލްޑިންގ - 1ވަނަ ފަންގިފިލާ) ގައެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅޭނީ 2 މާރިޗު 2015 ވާ އަންގާރަ ދުވަހު މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.
29 ރަބީޢުލްއާޚިރު 1436