ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ނޯތު ޒޯން، ނޯތު ސެންޓްރަލް ޒޯން)

އިޢުލާން

 

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ނޯތު ޒޯން، ނޯތު ސެންޓްރަ ޒޯން މުބާރާތް ވަނީ  16 އިން 22 ސެޕްޓެމްބަރު 2023 ބ.އޭދަފުށީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ޤަވާޢިދު އަދި މުބާރާތުގެ ޕްރޮސްޕެކްޓަސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓުން (https://badmintonmaldives.org.mv/index.php/downloads)ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް  ބެޑްމިންޓަން އެސޯސިއޭޝަންގެ ޓޯނަމެންޓް މެއިލް: [email protected]އަށް ފޮނުވައިދެއްވުން އެދެމެވެ. ފޯކަލް ޕޮއިންޓުތައް ހިމަނައިގެން މުބާރާތުގެ މަޢުލޫމާތު ޙިއްސާކުރުމަށް ވަޓްސްއެޕް ގްރޫޕެއް އެކުލަވާލެވޭނެއެވެ.

 

ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންވާނަމަ، ލިޔުމުން މުބާރާތްތަކަށް ޚާއްސަކުރެވިފައިވާ އީމެއިލް އީމެއިލް[email protected]އަށް ފޮނުވުމަށް ދެންނެވީމެވެ.

26 އޮގަސްޓް 2023
ހޯދާ