މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެއަރޓްރާންސްޕޯޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެއަރޓްރާންސްޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރޓްރާންސްޕޯޓް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ AT1.3 (B2

އަސާސީ މުސާރަ:

-/8835 ރ

ސާރވިސް އެލަވަންސް:

-/4000 ރ

ނޮންޕްރެކްޓިސިން އެލަވަންސް:

-/3975.75 ރ

ޖޮބް ޝްޕެސިފިކް އެލަވަންސް:

-/3500 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

  • އިކޮނޮމިކްސްއިން ނުވަތަ ފައިނޭންސް އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެސް .އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • "ޓްރާންސްޕޯޓް އެކޮނޮމިކްސް" އިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން  ދައްވެގެން "ސީ" ފާސް ލިބިފައިވުން އަދި އޯލެވަލް އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މެނޭޖްމަންޓް ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރާއްޖޭގެ ވައިގެދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާ، އުސޫލުތައް އެކުލަވައިލުމުގައި އެހީތެރިވުން
  • ރާއްޖޭގެ ވައިގެދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތައް ހިންގައި ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށާއި، ދެވޭ ޚިދުމަތުގެ ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ސާރވޭތައް ކުރުމާއި، އެފަދަ މަސައްކަތާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ރާއްޖޭގެ އެއާރޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކޮށް ރިޕޯޓުކުރުން.
  • ބައިނަލް އަޤްވާމީ ވައިގެ ދަތުރުފަތުރުގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެފަދަ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލުކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިންގއާއި ތަޖުރީބާ.
  • މައިކްރޮސްފްޓް އޮފީސް އެކްސެލް ފަދަ ސޮފްޓްވެއަރ އަށް އަހުލުވެރިވެފައިވުން.
  • ސިވިލް އޭވިއޭޝަން އާއިގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

  • ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

18 ފެބުރުވަރީ 2015
ހޯދާ