ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ އުޞޫލު 2021 (އިޞްލާޙު 3) ޢާންމުކުރުން

ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކުގެ، ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މުވައްޒަފުން ނެގުމަށްޓަކައި އެކުލަވާލާފައިވާ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާ އައްޔަންކުރުމުގެ އުޞޫލު 2021 (އިޞްލާޙު 2) ގެ ރަށުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުން ނެގުމުގެ މިންގަނޑަށް އަކުރެއް އިތުރުކޮށް "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާ އައްޔަންކުރުމުގެ އުޞޫލު 2021 (އިޞްލާޙު 3) މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.

ރަށުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުން ނެގުމުގެ މިންގަނޑަށް އިޞްލާޙުގެ ގޮތުގައި އިތުރު ކުރެވިފައިވާ އަކުރު

އުޞޫލުގެ 4 ވަނަ މާއްދާއަށް (ރ) މި އަކުރު އިތުރުކުރުން: "މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ޙާލަތުގެ ތެރެއިން ކެޓަގަރީ 2ZV7-4) ) ގެ ޝަރުތުން ޝަރުޠު ފުރިހަމަކޮށް ވަޒީފާ ހަމަޖެއްސޭ ފަރާތްތަކުގެ ތެރެއިން އެފަރާތުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ކެޓަގަރީ 1 (ZV7-3) ގައި ކަނޑައަޅާފައިވާ ސަނަދުގެ ތެރެއިން ސަނަދެއް ފުރިހަމަކޮށްފި ނަމަ އެ ފަރާތުގެ ކޮންޓްރެކްޓް ބަކީ އޮތް މުއްދަތަށް ކެޓަގަރީ 1 (ZV7-3) ގެ ރޭންކަށް ވަޒީފާ ބަދަލުކުރެވޭނެއެވެ".

ވުމާއެކު، ކެޓަގަރީ 2ZV7-4) ) ގެ ޝަރުތުން ޝަރުޠު ފުރިހަމަކޮށް ވަޒީފާ ހަމަޖެއްސާފައިވާ ސެކްރެޓަރީ ޖެނެރަލަކު އެފަރާތުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ކެޓަގަރީ 1 (ZV7-3) ގައި ކަނޑައަޅާފައިވާ ސަނަދުގެ ތެރެއިން ސަނަދެއް ފުރިހަމަކޮށްފި ނަމަ، އެ ފަރާތުގެ  ސަނަދު "ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" އާ އެއްގޮތަށް ދަރަޖަކޮށް އެ ސަނަދު ސީ.އެސް.ވިއުގައަށް އަދާހަމަކޮށް ކޮމިޝަނަށް ލިޔުމުން އެކަން އެންގުމުން، ވަޒީފާ ބަދަލުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރިއަށްގެންދާނެ ކަމުގައި  ދަންނަވަމެވެ. އަދި މިގޮތަށް ވަޒީފާ ބަދަލުކުރެވޭނީ މުވައްޒަފު ކޮމިޝަނަށް ލިޔުމުން އެކަން އަންގާ ތާރީޙުން ފެށިގެން ކަމުގައި ދެންނެވީމެވެ.

24 އޮގަސްޓް 2023
ހޯދާ