މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 އޮގަސްޓް 25އިން 28އަށް ލ.ކައްދޫގައި އެމް.އެން.ޑީ.އެފްއިން ކުރިއަށް ގެންދާ ތަމްރީނުތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 އޮގަސްޓް 25 އިން 28 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ލ. ކައްދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ. ކައްދޫ ޓްރޭނިންގ ސެންޓަރުން އިރު ދެކުނަށް 4700 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

24 އޮގަސްޓް 2023
ހޯދާ