ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2023/124
އިޢުލާން
މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުން ގެންދާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) އަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
# |
ތަކެތި |
އަދަދު |
1 |
ސިންގަލް އެނދު (އެލްމިނިއަމް ނުވަތަ ހާޑް ވުޑް) ގިނަދުވަހަށް ބޭނުންކުރެވޭ |
22 |
2 |
ސިންގަލް ގޮދަޑި (ފޯމް) ސިންގަލް އެނދަށް ހެޔޮވަރު |
22 |
3 |
ބާލީސް |
44 |
4 |
ސިންގަލް ބެޑްޝީޓް ސެޓް (2 ބާލީހު އުރަ ހުންނަ) |
44 |
5 |
ގައިގަ އަޅާ ރަޖާ (ސިންގަލް) ބޯކޮށްހުންނަ |
22 |
6 |
އަލަމާރި 2 ދޮރުފަތްލީ (ވޯޑްރޯބް) އެލުމިނިއަމް ނުވަތަ ހާޑް ވުޑް) |
22 |
7 |
ތުވާލި އަޅުވާ ބުޅި /ރެކް (ފާރުގައި ހަރުކުރުމަށް) ޕްލާސްޓިކް ނުވަތަ އެލުމިނިއަމް |
10 |
8 |
ހެނދުން އަޅުވާ ހަރު (ކޮނޑުގަ ހެދުން އަޅުވާފައި އަދި ފަތްޖަހާފައި ހެދުން އަދި ތުވާލި އެޅުވޭ ގޮތަށް |
10 |
9 |
(''20×''60) ދޮރުފޮތި (2 ފޮތިގަނޑު ހުންނަ) 122ކުޑަދޮރު |
244 |
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިއާޔަތްކޮށް މިނިސްޓްރީގެ [email protected] އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. މި ބީލަމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކުން، 05 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.