މަޤާމު
|
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރގްރޭޑް 1
|
ރޭންކް: ޖީ.އެސް.3
|
މުސާރަ
|
މަހަކު -/4,465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1,500 ރުފިޔާ
|
އިނާޔަތްތައް
|
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސެކްޝަން/ޔުނިޓް/ތަން
|
ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް
|
މަޤާމުގެ މަސްއޫލިއްޔަތު
|
ފުވައްމުލަކު އެއަރޕޯޓްގެ ފައިސާއާ ބެހޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށް ވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށް ވެގެން "ސީ" ގްރޭޑް ލބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ އިންސައްތަ %30 އަށްވުރެމަތިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެއަރޕޯޓުގެ ޚަރަދު ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން.
- އެއަރޕޯޓުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ވައުޗަރ ހެދުމާއި، ގަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އެއަރޕޯޓުގެ ބަޖެޓް އެކައުންޓްގެ ހިސާބުތައް ބެލެހެއްޓުން އަދި ޖަމާކުރަންޖެހޭ ފައިސާގެ ކަންކަން ބަލަހައްޓައި ރިޕޯޓު ހެދުން.
- ބިލް ރަޖިސްޓްރީ އަދި ވައުޗަރ ރަޖިސްޓްރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ފައިސާ ދައްކަންޖެހޭ ބިލާއި، ލިޔުން ޗެކްކޮށް އެ ބިލްތަކަށް ފައިސާ ދެއްކުމަށް ހަދާ ޕޭމަންޓް ވައުޗަރ ޗެކްކުރުން. އަދި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން/ ފުވައްމުލަކު އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).
|
ސުންގަޑި
|
02 މާރިޗު 2015 ވާހޯމަދުވަހުގެ 15:00 އަށް.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ފުވައްމުލަކު އެއަރޕޯޓު އޮފީހުގައެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށައަޅުއްވާނީ ފުވައްމުލަކު އެއަރޕޯޓް އޮފީސް / ޏ.ފުވައްމުލައް އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|