މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް

ތިރީގައިވާ މަޝްރޫޢުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ.

  • ހއ. ކެލާ ބަނދަރު
  • ހއ. ފިއްލަދޫ ބަނދަރު
  • ފ. ނިލަންދޫ ބަނދަރު
  • ގދ. ގައްދޫ ބަނދަރު

މި މަސައްކަތާ ގުޅޭ މަޢުލޫމާތު މި މިނިސްޓްރީގެ ސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ފޯނު ނުވަތަ މެއިލް މެދުވެރިކޮށް ސާފުކުރެއްވޭނެ ކަމުގައި ދަންނަވަމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 02 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004117  ފެކްސް:3004301

އީ-މެއިލް: [email protected]

     [email protected]   

23 ފެބުރުވަރީ 2015
ހޯދާ