ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ޑެޕިއުޓީ މެނޭޖަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތުގެ ދާއިރާ

މާރކެޓް ޑިވެލޮޕްމަންޓް އެންޑް ރިސާރޗް ސެކްޝަން، މާރކެޓް ޑިވެލޮޕްމަންޓް، ޓްރެއިނިންގ އެންޑް އިންވެސްޓަރ އެޑިއުކޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

7875.00 ރުފިޔާ  

އިނާޔަތްތައް:

  • ފުޑް އެލެވެންސް: 35.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)
  • ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން ޢިނާޔަތްތައް
  • ސީ.އެމް.ޑީ.އޭގައި މަސައްކަތް ކުރާތާ އެއްއަހަރުވުމުން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ، 10 އަހަރުވަންދެން ދެވޭނެއެވެ.

ޝަރުޠުތައް:

  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން.
  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، މިދާއިރާއިން ދަށްވެގެން ބެޗެލާރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެއެވެ. އަދި ވަޒީފާ ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެޕިޓަލް މާކެޓާ ގުޅުން ހުރި ކަންކަމަށް ތައްޔާރުކުރާ ޕޮލިސީ ޕޭޕަރުތަކަށް ބޭނުންވާ ދިރާސާތައްކުރުން.
  • އޮތޯރިޓީގެ އެނުއަލް އަދި ކުއާރޓާލީ ރިޕޯޓުތައް ތައްޔާރުކުރުން.
  • އޮތޯރިޓީން ހިންގާ އެކި ޕްރޮގްރާމްތަކުގައި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުން.
  • އެކި ސާރވޭތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ނޯޓު:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އަސްލު ގެންނަންވާނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އޮތޯރިޓީން ކަނޑައަޅާ މައުޟޫޢެއްގެ މައްޗަށް ބިނާކޮށް ދިވެހި ނުވަތަ އިނގިރޭސި ބަހުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، މިއޮތޯރިޓީން ކަނޑައަޅާ ލިޔުމެއް ދިވެހި ބަހަށް އަދި އިނގިރޭސި ބަހަށް ތަރުޖަމާކުރަންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާ އިންޓަރވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑަށް ބެލުމަށްފަހުު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ރިޕޯރޓް ހުށަހަޅަންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެެެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާ (އެޕްލިކޭޝަން) ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ