އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަގޯތި ދޫކުރުމަށް ކޮމެޓީއެއް އެކުލަވާލުމާބެހޭ

އއ.ތޮއްޑޫއިން އިތުރު ބަންޑާރަގޯތި ދިނުމުގެ މަސައްކަތްތައް ކުރުމަށް ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވެއެވެ. ކޮމެޓީއަށް މެންބަރުން ހޮވުމުގައި ކުރިމަތިލައްވާ ބޭފުޅުންގެ ތަޢުލީމާއި، ތަޖުރިބާ އަދި މަސައްކަތަށް ވަގުތުދެވޭ މިންވަރަށް ބެލޭނެއެވެ.

 ޝަރުޠު: 1. ގޯތި ދިނުމަށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަނާޅާނެ ފަރާތަކަށްވުން.

      2. ގޯތި ދިނުމުގެ މަސައްކަތް ފެށިގެން ނިމުމާ ހަމައަށް ކޮމެޓީގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

  • ބޭނުންވާ ޢަދަދު: 5 (ފަހެއް)
  • ސީޓިން އެލަވަންސް: ޙާޟިރުވާ ކޮންމެ ޖަލްސާއަކަށް 100/-ރ (އެއްސަތޭކަރުފިޔާ)

       ވީމާ، މިކޮމިޓީގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން މިހިނގާ އޯގަސްޓްމަހުގެ 30 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށައެޅުއްވުން އެދެމެވެ. މިކަމަށްއެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުން ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6660537 ފޯނާ ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2023
ހޯދާ