ދިވެހިރާއްޖެ
(IUL)321-A/321/2023/193 :ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ.ތުޅާދޫ، އިހްތިޞާސްގެ ތެރޭގައިވާ ނެރު ބައްތި ދަނޑިތައް އަލުން ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
ބީލަން ހުށަހެޅުމަށް 2023 އޯގަސްޓް 24 ން 2023 އޯގަސްޓް 30 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti
- ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:
އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުން:
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2023 އޯގަސްޓް 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ
ފޯން: 6600043
އީމެއިލް: [email protected]
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2023 ސެޕްޓެމްބަރ 04 ވާ ހޯމަ ދުވަހުގެ 10:00ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.