ދިވެހިރާއްޖެ
ނަމްބަރ:( IUL)252/252/2023/65
އިޢުލާން
ހއ.ފިއްލަދޫ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުން އޮތް ބިމުގައި ވިޔަފާރި އުޞޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
- ބިމާއި ގުޅޭ މަޢުލޫމާތު:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ފަސްމަގުގެ އުތުރުން ( ކުރެހުމުގެ ފާހަގަކޮށްފައިވާ)
- ބިމުގެ ބޮޑުމިން: 5000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 8 ބިން
- ބިމުގެ މުއްދަތު: 20 އަހަރު
- ބިމުގައި ކުރެވޭނެ މަސައްކަތް: ހަމައެކަނި ކުކުޅާއި ބަކަށި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތް
- ބިން ދޫކުރާ މުއްދަތު: 5 އަހަރު
- ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
- ބިމުގެ ކުލި: %80 – (އެންމެ ކުޑަ އަގަކަށް ހުށައެޅޭނީ އަކަފޫޓަކަށް 0.20 ލާރިއެވެ.)
- މުއްދަތު: %5 – ( އެންމެ ގިނަ ޕޮއިންޓް ލިބޭނީ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.)
- މާލީ ޤާބިލްކަން: %5 ( މާލީ ޤާބިލްކަމަށް ބެލެވޭނީ ވޭތުވެތިޔަ 3 މަސް ދުވަހު 3000.00 ރުފިޔާއަށް ބޭންކް އެކައުންޓްގައި ހުރުމުންނެވެ.)
- ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިއަކަށް:
ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިފްތަކަށާއި ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ށެވެ. ރަޖިސްޓްރީ ކުރާ ފޯމާއި ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ހުށައަޅާ ބީލަންތައް ހުންނަންވަނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމަށް ބިން ކުއްޔަށް ދޫކުމުގެ ޢުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
07 ޞަފަރަ 1445
23 އޮގަސްޓް 2023