ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކަނޑާ އަށްޓެއް ހެދުން

މި އިޢުލާންވަނީ 03 ސެޕްޓެންބަރު 2023 13:52 ގައި ބާތިލް ކުރެވިފައެވެ.


ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް ހަދާނެ ފަރާތެއް ހޯދުން

 

މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަމްބަރ32 /2023/IUL)329/329)  އާ ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

     މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް މި ރަށުގެ ބަނދަރު ސަރަހައްދުގައި މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަތާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1-      މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-      ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 23 އޮގަސްޓް 2023 ން ފެށިގެން 27 އޮގަސްޓް 2023 ގެ   ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ  ކައުންސިލްގެ މެއިލް އެޑްރެސް:[email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.

3-      ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

ބީލަން ހުށަހެޅުން

ތާރީޚް:

ދުވަސް

ވަގުތު

ތަން

30 އޮގަސްޓް  2023

ބުރާސްފަތި

11:00

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ

 

 

 

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް ހީރަސްކުރެވިފައިވާނެއެވެ.

 

 

23 އޮގަސްޓް 2023

23 އޮގަސްޓް 2023
ހޯދާ