މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާނުކުރުން

އިޢުލާން

މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާނުކުރުން

            މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުގެ ނަމްބަރ (IUL)287/287/2023/38 (17 ޖުލައި 2023 ) އިޢްލާނާއި ގުޅިގެން، ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރުމަށް ބިޑްހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢްލާނު ބާޠިލްކޮށް، ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއްލާނުކުރީމެވެ.

            މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 31 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 07 ސެޕްޓެމްބަރ  2023 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 އޮގަސްޓް 2023
ހޯދާ