ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު: |
|||
މަޤާމް: |
މަސައްކަތު (ދާއިމީ) |
ރޭންކް: އެސް. އެސް 1 |
|
ޢަދަދު: |
1 (އެކެއް) |
||
މަސައްކަތްކުރަންޖެހޭ ތަން: |
އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓް |
||
އަސާސީ މުސާރަ: |
-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
||
މި މަޤާމަށް ލިބޭ އެލަވަންސް: |
- ސަރވިސް އެލަވަންސް: -/1000 ރުފިޔާ (އެއްހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 ރުފިޔާ (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20، އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
ކޯޓުގެ އިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކުރުމާއި، ކޯޓުން އެކިފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ލިޔެކިއުން ރައްދުކުރުމާއި، ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުން. |
||
ހުށަހަޅަންޖެހޭ ތަކެތި: |
1- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) 4- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ، ނުވަތަ ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓް (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) 5- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ، މަޤާމުގައިވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްޢޫލިއްޔަތު ހިމަނައިގެން (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) |
||
ސުންގަޑި: |
2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން. |
||
އިތުރު މަޢުލޫމާތު: |
މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓު www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
||
29 ރަބީޢުލްއާޚިރު 1436 |