މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ

އިޢުލާނު

 

 

 

މަޤާމު:

ސީނިއަރ ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ

 

މަޤާމުގެ ނަންބަރު:

            J-386109        

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

-

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި ، ހުޅުމާލެ

 

ޑިޕާޓްމަންޓް:

ހެލްތް ކެއަރ އެންޑް ކައުންސެލިންގ ޔުނިޓް

 

މުސާރަ:

 12261.00 ރުފިޔާ

 

މަޤާމުގެ އެލަވަންސް:

5721.00   ރުފިޔާ

 

ހާޒިރީ ޢިނާޔަތް;

       ހާޒިރުވާ ދުވަހަކަށް   155.00   ރުފިޔާ

 

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފިޔަވަތީގައި ބަލަހައްޓަމުންދާ ކުއްޖެއްގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުވާނޭހެން އެފަރާތްތަކާއެކު ވޭދަނައިގެ މަސައްކަތްކޮށް، ކޭސްފައިލްގައި ރެކޯޑް ޤަވާއިދުން ބެލެހެއްޓުން
  • ފިޔަވަތީގައި ބަލަހައްޓަމުންދާ ކުއްޖެއްގެ ޞިއްޙީ ހާލަތު ގޯސްވެ، ރާއްޖޭން ބޭރުން ފަރުވާހޯދަން ޖެހިއްޖެ ޙާލަތެއްގައި ސޯޝަލް ވަރކަރެއްގެ ޙައިޞިއްޔަތުން އެފަރާތަކާއެކު ދަތުރުކުރުން
  • ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ ކޭސްފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ އިމޯޝަނަލް އަދި ސޯޝަލް ސްކިލްސް އަށަގެންނެވުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • އިޖްތިމާއީ ހިދުމަތްތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ އެފަރާތްތަކާއެކު މަސައްކަތް ކުރުން.
  • އެކިއެކި ސަބަބުތައް މެދުވެރިގެން ދަޢުލަތުގެ ބެލުމުގު ދަށަށް ގެނެވޭ ކުދިންނަނާއި އެކުދިންގެ ތެރެއިން، މުޖުތަމަޢުއަށް އަނބުރާ ނެރެވޭނެ ކުދިން ކަނޑައަޅައި، އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހިޔާތަކުން އަނބުރާ އާއިލަތަކާއި ހަވާލުކުރެވޭނެ އިންތިޒާމު ހިޔާތަކާއި އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން.
  • ފޮސްޓަރ ކުރަން އެދޭ ފަރާތްތަކަށް ފޮސްޓަރކުރުމުގެ މަޢުލޫމާތު އެރުވުން.
  • އޯލްޓަނޭޓިވް ކެއަރ މަރުކަޒުތަކުން ދިމާވާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ އެ ކޮންފަރެންސްތަކުގައި މަޝްވަރާކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު މަރުކަޒުތަކާ ހިއްސާކޮށް ނިންމާ ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެމަރުކަޒު މެދުވެރިކޮށް އެޅުން.
  • އޯލްޓަނޭޓިވް ކެއަރގައި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކުދިންގެ މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ދިނުމުގެ ގޮތުން ގަވައިދުން އޯލްޓަނޭޓީވް ކެއަރގެ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ކޭސް ސުޕަވިޝަން ކުރިއަށްގެންދިއުން.
  • ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކެއަރ ޕްލޭން އެކުލަވާމުގައި ބޭނުންވާ ފަންނީ ލަފަޔާ އިރުޝާދު ފޯރުކޮށްދިނުން.
  • މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް  
  • އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން  
  • ބިހޭވިއަރަލް ހެލްތް ސައިންސް  
  • ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން  
  • ޗައިލްޑް އެންޑް ކޮމިއުނިޓީ  
  • ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ  
  • ޗައިލްޑް ވެލްފެއަރ ވަރކް  
  • ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  • ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް  
  • ކައުންސެލިންގ  
  • އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  • ފެމިލީ ސްޓަޑީޒް  
  • ފެމިލީ ތެރެރަޕީ  
  • ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  • ޖުވެނައިލް ޖަސްޓިސް  
  • މެރިއޭޖް އެންޑް ފެމިލީ  
  • މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  • ސައިކޮލޮޖީ  
  • ސޯޝަލް ސަރވިސަސް  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ  
  • ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް  

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް،

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮގަސްޓް 2023 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،3 ސެޕްޓެމްބަރ 2023 އާއި 30 ސެޕްޓެމްބަރ 2023އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  2 ވަނަ ފަންގިފިލާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

       

6 ޞަފަރު 1445

22 އޮގަސްޓް 2023

22 އޮގަސްޓް 2023
ހޯދާ