ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮލިޓީ އެޝިއުރެންސް ކޮންޓްރޯލަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ކޮލިޓީ އެޝިއުރެންސް ކޮންޓްރޯލަރ

ބޭނުންވާ ޢަދަދު: 1

މުއްދަތު: އައްޔަން ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

މަޤާމުގެ ޝަރްޠުތައް:

 

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  •   މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސައްކަތްތަކާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ކޮލިޓީ މެނޭޖްމަންޓް، ކޮލިޓީ އެޝުއަރަންސް، ހަޔަރ އެޑިޔުކޭޝަން، އެޑިޔުކޭޝަން، ޓީޗިންގ، ރިސަރޗް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

މަތީ ތަޢުލީމު ނުވަތަ ތަޢުލީމު ދޭ މުއައްސަސާ ނުވަތަ އިންސްޓިޓިއުޓްއެއްގައި ނުވަތަ ތަޢުލީމާ ގުޅުންހުރި މަސައްކަތް ކުރާ އިދާރާއެއްގައި ފަންނީ ނުވަތަ އިދާރީ މަސައްކަތްތައް

 

މުސާރަ

އަސާސީ މުސާރަ: 21,050  ރުފިޔާ

ޖޮބް އެލަވަންސް:

12,055 ރުފިޔާ

އެޓެންޑެންސް އެލަވަންސް:

 326 ރުފިޔާ

(ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ މަސްއޫލިއްޔަތު:

(ހ)

ޔުނިވަރސިޓީގެ ފަލްސަފާއާއި، ދަމަހައްޓާ އަގުތަކާއި، ޔުނިވަރސިޓީގެ މަޤްޞަދު ޙާޞިލުކުރުމަށް ތައްޔާރުކޮށްފައިވާ އެކި ލެވެލްތަކުގެ ޕްލޭންތަކާ އެއްގޮތަށް ޔުނިވަރސިޓީގެ ތަޢުލީމީ ޕްރޮގްރާމްތަކާއި ދިރާސީ ހަރަކާތްތަކާއި އިޖުތިމާޢީ ޚިދުމަތްތަކާއި އިދާރީ ހިންގުމާއި ދަރިވަރުންނާއި މުވައްޒަފުން ހިފަހައްޓަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ވައިސް ޗާންސެލަރއަށް ލަފާއާއި މަޝްވަރާ ދިނުން.  

(ށ)

ޔުނިވަރސިޓީގެ ހަރަކާތްތަކާއި ޚިދުމަތްތަކުގެ ފަންވަރު ކަށަވަރު ކުރުމުގެ ގޮތުން އެކުލަވާލަންޖެހޭ އެންމެހާ ގަވައިދުތަކާއި އުސޫލުތައް ފަދަ ހިންގުމާގުޅޭ އެކިއެކި ލިޔުންތައް އެކުލަވާލުމާއި އެފަދަ ލިޔުންތައް މުރާޖަޢާ ކުރުމާއި އިސްލާހު ކުރުމުގައި އިސްނެގުން.

(ނ)

ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުތަކާއި އިމްތިޔާޒުތައް ކަށަވަރުކޮށްދޭ އެންމެހޭ ގަވައިދުތަކާއި ޕޮލިސީތަކާއި އުސޫލުތަކާއި މިންގަނޑުތަކަށް އަހުލުވެރިވެ އެކަންކަން އިންސާފުވެރިކަމާއެކު ފުރިހަމައަށް ތަންފީޒުވަމުން ދޭތޯ ބަލައި މޮނީޓަރ ކުރުމާއި އިސްލާހު ކުރަންޖެހޭ ކަންކަން ގުޅުންހުރި ފަރާތްތަކަށް ރިޕޯޓު ކުރުން.

(ރ)

ޔުނިވަރސިޓީގެ ހަރަކާތްތަކާއި ޚިދުމަތްތަކުގެ ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ފާސްކުރެވޭ ގަވައިދުތަކާއި އުސޫލުތައް ފަދަ ހިންގުމާގުޅޭ އެކިއެކި ލިޔުންތައް ތަންފީޒު ކުރުމުގައި ދިމާވެދާނެ މައްސަލަތައް ފާހަގަކޮށް އެކަންކަން ހައްލުކުރާނެ ގޮތްތައް ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން

(ބ)

ޔުނިވަރސިޓީގެ އެކަޑެމިކް އަދި އިދާރީ އެންމެހާ ހަރަކާތްތަކުގެ ފަންވަރު ކަށަވަރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި އެކަންކަމުގައި އެކި ފަރާތްތަކުގެ ދައުރަކީ ކޮބައިކަން ފާހަގަކޮށް ޔުނިވަރސިޓީއިން އެކަންކަމުގައި ހިފަހައްޓަން ބޭނުންވާ މިންގަނޑުތަކާ އެކު، ގުޅުންހުރި ފަރާތްތަކާ ޙިއްސާކުރުން.

(ޅ)

ޔުނިވަރސިޓީގެ އެކަޑެމިކް އަދި އިދާރީ އެންމެހާ ހަރަކާތްތަކުގެ ފަންވަރު ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދަންޖެހޭ އިންޓަރނަލް އެސެސްމަންޓް ތައް ރާވައި ކުރިއަށް ގެންދިއުމާއި އެ މަސައްކަތްތައް މޮނީޓަރ ކޮށް ބެލެހެއްޓުން.

(ކ)

ޔުނިވަރސިޓީގެ އެކަޑެމިކް އަދި އިދާރީ އެންމެހާ ހަރަކާތްތަކުގެ ފަންވަރު ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ އެކްސްޓަރނަލް އެސެސްމަންޓް ތައް ކުރިއަށް ގެންދިއުމަށްޓަކައި އެފަރާތްތަކުން ބޭނުންވާ ކަންކަން ވިލަރެސްކޮށްދިނުން.

(އ)

އިންޓަރނަލް އެސެސްމަންޓް ތަކާއި އެކްސްޓަރނަލް އެސެސްމަންޓް ތަކުގެ ރިޕޯޓުތަކުގައި ފާހަގަ ކުރާ ކަންކަން އިސްލާހު ކުރަން ގުޅުންހުރި ފަރާތްތަކަށް އިރުޝާދު ދިނުން.

(ވ)

ޔުނިވަރސިޓީގައި ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކް (އެމް.އެން.ކިޔު.އެފް) އާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވި ހިންގަމުންދާ ޕްރޮގްރާމްތަކެއްތޯ ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަ ކޮށް ގުޅުންހުރި ފަރާތްތަކާ ޙިއްސާކުރުން.

(މ)

ޔުނިވަރސިޓީގެ އެކަޑެމިކް އަދި އިދާރީ އެންމެހާ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ގޮތުން އެންމެ ރަނގަޅުކަމަށް ބެލެވޭ ގޮތްތަކަށް (ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް) ކުރިއަށްދާ ހަރަކާތްތަކެއްތޯ ބަލައި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަން ފާހަގަ ކޮށް ގުޅުންހުރި ފަރާތްތަކާ ޙިއްސާކުރުން.

(ފ)

ޔުނިވަރސިޓީގެ އެކަޑެމިކް އަދި އިދާރީ އެންމެހާ ހަރަކާތްތައް ބައިނަލްއަޤްވާމީ އެކިއެކި ކޮލިޓީ އެޖެންސީތަކާ ގުޅިގެން ވަޒަންކޮށް އެފަދަ އެޖެންސީތަކުގެ ސަނަދު ނުވަތަ ރޭންކިންގ ހޯދަން މަސައްކަތް ކުރުން

(ދ)

ދަރިވަރުންނާއި މުވައްޒަފުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސުލޫކު ދެމެހެއްޓެމުންދާކަން ކަށަވަރު ކުރުމާއި އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގަކޮށް ގުޅުންހުރި ފަރާތްތަކާ ޙިއްސާކުރުން.

(ތ)

ޔުނިވަރސިޓީގެ އެކި ކަންކަން ވަޒަން ކުރުމަށް އެކްސްޓަރނަލް އެގްޒަމިނަރުން ނޮމިނޭޓް ކުރުމާއި ޢައްޔަން ކުރުމުގެ އިޖުރާއާތުތައް އެކުލަވާލުމާއި އެގްޒަމިނަރުންގެ ރިޕޯޓުތަކާ ގުޅިގެން އަލަން ޖެހޭ ފިޔަވަޅުތައް ވިލަރެސް ކުރުން.

(ލ)

ޔުނިވަރސިޓީގެ ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ ފަންވަރު ވަޒަން ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ތަހުލީލުކޮށް ރިޕޯޓުތައް ނެރުން.

(ގ)

ޔުނިވަރސިޓީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްތަކާއި ތަފާތު އެކިއެކި އެސް.އޯ.ޕީ ތައް ޑިޒައިން ކުރުމާއި ތަރައްގީ ކުރުމާއި ތަންފީޒު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

(ޏ)

ދަރިވަރުންގެ މައުލޫމާތު މެނޭޖް ކުރާ ސިސްޓަމް ތަކުގައި މައުލޫމާތު ރެކޯޑު ކުރެވިގެންދަނީ ސައްހަގޮތުގައި ކަން ކަށަވަރު ކުރުން.

(ސ)

ކޮލިޓީ އެޝުއަރަންސް ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް އޯވަރސީ ކުރުމާއި އެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރާމާއި ތަމްރީނުކުރާމާއި މައްސަލަތައް ޙައްލުކުރުމާއި ފެންވަރު ވަޒަންކުރުމާއި އެކަމާގުޅިގެން އެޗް.އާރ ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުން.

(ޑ)

ކޮލިޓީ އެޝުއަރަންސް ޔުނިޓަށް ބޭނުންވާ އަހަރީ ބަޖެޓު އެކުލަވާލުމާއި ކަނޑައެޅިފައިވާ ބަޖެޓު ހިންގުމުގައި އެހީތެރިވުން.

(ޒ)

ކޮލިޓީ އެޝުއަރަންސް އާ ގުޅޭ އެންމެހާ މަޢުލޫމާތުތައް ތަފާސްކުރުމާއި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.

(ޓ)

މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ފިޔަވައި ވައިސް ޗާންސެލަރ ގެ ފަރާތުން ނުވަތަ އެފަރާތުގެ އިޒުނަޔާ އެކު ޙަވާލުކުރެވޭ، ޔުނިވަރސިޓީގެ ހަރަކާތްތަކާއި ޚިދުމަތްތަކުގެ ފަންވަރު ކަށަވަރު ކުރުމާ ގުޅުންހުރި ނުވަތަ އެކަމަށް އަސަރު ފޯރާ އެހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)

ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)

ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

 

-     ފަރިތަކަމާއެކު އަރަބި އަދި އިނގިރޭސި ބަހުން މުޙާތަބުކުރެވޭ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ / ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކޮޕީ

ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ސަނަދު)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

31 އޮގަސްޓް 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

ބިދޭސީ މުވައްޒަފެއް މި މަގާމަށް ހަމަޖެއްސޭނީ ކޮންޓްރެކްޓް އުސޫލުން، ނޭޝަނަލް ޕޭ ފްރޭމްވަރކްގެ ޔުނިވަރސިޓީ އެކެޑަމިކް ޕްރޮފެޝަނަލުންގެ އޮނިގަނޑަށް އަމަލުކުރުމުގެ ކުރިން ބޭނުންކުރަމުން އައި ޔުނިވަރސިޓީގެ އޮނިގަނޑުގެ ސްޕައިންއަކަށެވެ.

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 01 ސެޕްޓެމްބަރ 2023 އިން 30 ސެޕްޓެމްބަރ 2023 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

22 އޮގަސްޓް 2023
ހޯދާ