ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

އިޢުލާނު 

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން        

މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2023/53 އިޢުލާނުގައިވާ ގޮތުގެމަތިން، 2023 އޮގަސްޓު 22 ވަނަ ދުވަހު ބޭއްވި ނީލަމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައި ނުވާތީ މިތަކެތި އަލުން ނީލަން ކިޔުން އަމީނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި  2023 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.  

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 އޮގަސްޓު 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2023 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ ހެނދުނު 10:00  އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

6 ޞަފަރު 1445

 

22 އޮގަސްޓް 2023
ހޯދާ