ދިވެހިރާއްޖެ
ނ.ޅޮހީ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުން، ފެންސްޖެހުމާއި ގޯލް ފެންސްޖެހުން.
ނ.ޅޮހީ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުން، ފެންސްޖެހުމާއި ގޯލް ފެންސްޖެހުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި މިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުން | 27 އޮގަސްޓް 2320 | އާދިއްތަ | 13:00 | 
| ބިޑްހުށަހެޅުން | 03 ސެޕްޓެންބަރ 2023 | އާދިއްތަ | 13:00 | 
މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ބައިވެރިވެވޭނީ ކުންފުނ، ޕާޓްނަރޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވެވުމަށްވެސް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
 
                    