ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުން

އިއުލާން

ދ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުން :

 

މި ކައުންސިލަށް ލޯގޯއެއް ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލާ ، މިކައުންސިލުން ކުރި އިއުލާން ނަންބަރު: (IUL)238-A/238/2023/6 ( 18 އޭޕްރީލް 2023 ) އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ހުށައަޅާފައި ނުވާތީ ، އެ އިއުލާން ބާޠިލްކޮށް އެމަސައްކަތަށް އަލުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ ، ސުރުޚީގައި ދަންނަވާފައިވާ މިކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، ލޯގޯ ފަރުމާކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުން އެދެމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން މިކައުންސިލުން ލޯގޯއެއްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 7000.00 ( ހަތްހާސް ރުފިޔާގެ ) ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.  އީ - މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

21 އޮގަސްޓް 2023
ހޯދާ