މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

   

މި މިނިސްޓްރީގެ ދަށުން ހިންގާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި މިނިސްޓްރީގެ ދަށުން ހިންގާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)30-C/30/2023/165 އިޢުލާނުގެ މައުލޫމާތު ބަދަލުވެފައިވާތީ، މިކަން އަންގާ އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއި އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހު 10:00 އަށް

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ، ހދ.ހަނިމާދޫ

އަންދާސީ ހިސާބު ހުށަހެޅުން

28 އޮގަސްޓް 2023 ވާ ހޯމަ ދުވަހު 12:00 އަށް

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ، ހދ.ހަނިމާދޫ އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

 

 

 

 

 

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 12:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282, 3339283އަދި 3339239 ނަންބަރު ފޯނަށެވެ.

 

 

21 އޮގަސްޓް 2023
ހޯދާ