ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
- ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި
- ނީލަން ކިޔަން ފެށުން: 25 ފެބުރުވަރީ 2015 ވާ ބުދަ ދުވަހު ހަވީރު 04:30 ން ފެށިގެން
- ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 25 ފެބުރުވަރީ 2015 ވާ ބުދަ ދުވަހު މެންދުރުފަހު 14:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓްގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓް ކުރައްވާއިރު އައި.ޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ނީލަން ކިޔާ މުދާ ބެލުން: ނީލަން ކިޔާ ދުވަސް ފިޔަވައި ބަނދަރުގެ މަސައްކަތް އޮންނަ ކޮންމެ ދުވަހެއްގެ 09:30 ން މެންދުރުފަހު 13:30 އަށް
- ފައިސާ ދެއްކުމާއި މުދާ ގެންދިއުން:
- ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް މިކުންފުނިން ފޯރުކޮށްދެވޭނެއެވެ.
- ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓްފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓްފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
|
ނީލަން ނިމޭ އަގު |
ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު |
||
|
500.00 |
ރ |
އާ ހަމައަށް އަގުގެ |
100% |
|
1,000.00 – 501.00 |
ރ |
އާ ހަމައަށް އަގުގެ |
25% |
|
10,000.00 – 1,001.00 |
ރ |
އާ ހަމައަށް އަގުގެ |
15% |
|
10,001.00 |
ރ |
އިން ފެށިގެން މައްޗަށް އަގުގެ |
10% |
- ލަސްވެގެން ނީލަން ނިމޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން " އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ޙަވާލުވާން ވާނެއެވެ.
- ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.
- މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
- ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާތިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތަށް މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާތިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
- ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީ އާ ބެހޭ ގަވާއިދުގެ މަތިންނެވެ.
- ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާ އާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާތިލްވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
ނީލަމާބެހޭ މައުލޫމަތު މިކުންފުނީގެ ވެބްސައިޓުން(www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.
|
ނީލަންނަންބަރު |
އަދަދު |
ތަފްސީލް |
ނީލަންފެށޭއަގު (ރ) |
||
|
މިއިން ކޮންމެ ނީލަމަކަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 500.00ރ އެވެ. |
|||||
|
5181 |
1100 |
Bags |
Organic Fertilizers (MEDU2789971) |
|
20355 |
|
5182 |
1 |
Nos |
Jacuzzi Plastic (81x4’) |
|
35314 |
|
5183 |
455 |
Nos |
Computer Chair (ZCSU2620443) |
|
63145 |
|
5184 |
8272 |
Nos |
Wooden Laminated Flooring (1034 box x 8 pcs) Size: 1215 x 195 x 12.3mm |
|
520097 |
|
|
|
|
|
|
|
|
5185 |
111 |
Pcs |
Kempass sawn timber 8.7” x 5” x 1” |
|
1986 |
|
5186 |
640 |
Pcs |
Kempass sawn Timber 8.4” x 5” x 1.5” |
|
11448 |
|
5187 |
720 |
Pcs |
Timber 16’x1.5”x3.5” |
|
215720 |
|
5188 |
152 |
Pcs |
Timber (with minor damages) 14”x1.5”x5” |
|
4532 |
|
5189 |
120 |
Nos |
Foam panel (with damages) 8’x4’x4.5” |
|
106325 |
|
5190 |
30 |
Nos |
PVC Pipe 2”x 5.54mm x 4m |
|
877 |
|
5191 |
33 |
Nos |
PVC Pipe 3”x 7.62mm x 4m |
|
2110 |
|
5192 |
50 |
Nos |
PVC Pipe 1.5” x 5.08mm x 4m |
|
2021 |
|
5193 |
60 |
Nos |
PVC Pipe 1”x 5.08mm x 4m |
|
389 |
|
5194 |
87 |
Pcs |
Wall panel board (Foam Panel) 4’x 8’x 4.5” |
|
132907 |
|
|
|
|
|
|
|
|
5195 |
120 |
Bags |
Titanium Dioxide 25 kg bags (TR-33) |
|
1003 |
|
5196 |
08 |
Roll |
RF cable 100 Foot |
|
236 |
|
5197 |
20 |
Nos |
PVC Pipe (with damages) 1’x1’x 18’ |
|
281 |
|
5198 |
20 |
Nos |
PVC Pipe 6”x 18’ |
|
1306 |
|
5199 |
03 |
Roll |
Data Electrical Cable 4x2x0.58x 387m (HSYYT-6) |
|
2211 |
|
5200 |
18 |
Roll |
Data Electric cable 4x2x0.5x437m (HSYYT-54) |
|
14976 |
|
5201 |
38 |
Roll |
RG6 75 Coaxial Cable 500mtr |
|
26208 |
|
5202 |
30 |
Nos |
Mattress 6’x5’x 8” |
|
23972 |
|
5203 |
13235 |
Pcs |
Bamboo Stick 7”x 10”x 1” |
|
10209 |
|
5204 |
1100 |
Bags |
Organic Fertilizers (MEDU6094294) |
|
20355 |
29 ރަބީޢުލްއާޚިރު 1436
