މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާގެ އިދާރީ މަސައްކަތްކުރާ ހޯލްގައި މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޕާޓިޝަން ޖަހައި، އިދާރީބައިގެ ކަރަންޓްވިއުގަ ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ, މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް  އެދި ހުށަހަޅާ ފަރާތްތަކުގެތެރެއިން ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްވާނަމަ އަންދާސީހިސާބާއެކު ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ ނުވަތަ ޓިން ނަންބަރު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%
  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark  years) x Allocated Percentage

މުއްދަތު

10%
  • މި ބައިގައި މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

 

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015
ހޯދާ