ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
1 ކޮޓަރި ކުއްޔަށްހިފަން ބޭނުންވެއްޖެ.

މި މަދަރުސާގައި 2015 ވަނަ އަހަރު މަސައްކަތް ކުރެއްވުމަށް ޖަޕާނުގެ ޖައިކާގެ ފަރާތުން ފޮނުއްވާ، ވޮލަންޓަރީ ޓީޗަރ ގދ. ގައްދޫގައި ހުންނެވުމަށް ބޭނުންވާ އެކޮމަޑޭޝަން ހަމަޖެއްސުމުގެ ގޮތުން އެޓޭޗް ފާޚާނާއަކާއި ބަދިގެވެސް ހިމަނޭ 1 (އެކެއް) ކޮޓަރި، ދިރާސީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި މަދަރުސާއަށް ކުއްޔަށް ހިފަން ބޭނުންވެގެން މި މަދަރުސާއިން ކުރި އިޢުލާން ނަންބަރ:GS-30/IUL/2015/04 އާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މަތީގައި ބަޔާންކުރެވިފައިވާފަދަ ކޮޓަރިއެއް މި މަދަރުސާއަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ މަތީގައި ބަޔާންކުރެވިފައިވާފަދަ ކޮޓަރިއެއް މި މަދަރުސާއަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ކޮޓަރިހިމެނޭ ގޭ ގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުއްވާނަމަ، އެމީހަކާބެހޭ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.

އައިޓަމް/ތަފްޞީލް

ތާރީޚު:

ދުވަސް

ގަޑި:

ތަން

މަޢުލޫމާތު ސާފުކުރެއްވުން

24-02-2015

އަންގާރަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

އަންދަސީހިސާބު ހުށަހެޅުއްވުން

26-02-2015

ބުރާސްފަތި

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

 27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ