ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
މިކުންފުނީގެ ގޯތިތެރޭގައި ހުރި 10 ޖަނަރޭޓަރ ސެޓްތައް މިކުންފުނީގެ އިންޖީނުގެތަކަށް ގެންގޮސްދިނުމާއި އަދި ކ.ގާފަރު އިންޖީނުގޭގައި ހުރި ޖަނަރޭޓަރ ސެޓް އއ.މަތިވެރި އިންޖީނުގެއަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2015/31 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. އަދި ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާ އެއްގޮތަށް މިޖަނަރޭޓަރ ސެޓްތައް މިކުންފުނީގެ އިންޖީނުގެތަކަށް ގެންގޮސްދިނުމުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދެންނެވީމެވެ.
1- 01 ޖަނަރޭޓަރ ސެޓް 300kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން އއ. އުކުޅަސް އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަނު
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C x 16SQMM (ބަރުދަން ގާތްގަނޑަކަށް 1026KG)
2- 01 ޖަނަރޭޓަރ ސެޓް 300kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން ކ. ގާފަރު އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C x 6SQMM (ބަރުދަން ގާތްގަނޑަކަށް 353KG)
01 ކޭބަލް ރޯލް 4C x 16SQMM (ބަރުދަން ގާތްގަނޑަކަށް 1026KG)
3- 01 ޖަނަރޭޓަރ ސެޓް 128kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން ވ. ފުލިދޫ އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C X 6SQMM (ބަރުދަން ގާތްގަނޑަކަށް 177KG)
4- 01 ޖަނަރޭޓަރ ސެޓް 300kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން ކ. ދިއްފުށި އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C X 6SQMM (ބަރުދަން ގާތްގަނޑަކަށް 353KG)
01 ކޭބަލް ރޯލް 4C X 16SQMM (ބަރުދަން ގާތްގަނޑަކަށް 1026KG)
5- 01 ޖަނަރޭޓަރ ސެޓް 128kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން އދ. ހަންޏާމީދޫ އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 3 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
6- 01 ޖަނަރޭޓަރ ސެޓް 450kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން އއ. ރަސްދޫ އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
7- 01 ޖަނަރޭޓަރ ސެޓް 240kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން ވ. ތިނަދޫ އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 3 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C X 6SQMM (ބަރުދަން ގާތްގަނޑަކަށް 353KG)
8- 01 ޖަނަރޭޓަރ ސެޓް 128kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން ވ. ތިނަދޫ އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
9- 01 ޖަނަރޭޓަރ ސެޓް 184kWގެ އަދި އެއާގުޅޭ ސާމާނު ކ.ގާފަރު އިންޖީނުގޭ ގޯތިތެރެއިން ނަގައިގެން އއ. މަތިވެރި އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 4 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C X 6SQMM (ބަރުދަން ގާތްގަނޑަކަށް 353KG)
10- 01 ޖަނަރޭޓަރ ސެޓް 240kW އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރެއިން ނަގައިގެން ވ.ފެލިދޫ އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 3 ޓަން
ޖަނަރޭޓަރ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
01 ކޭބަލް ރޯލް 2C X 6SQMM (ބަރުދަން ގާތްގަނޑަކަށް 117KG)
11- 01 ޖަނަރޭޓަރ ސެޓް 80kWގެ އަދި އެއާގުޅޭ ސާމާނު ސްޓެލްކޯ ގޯތިތެރޭއިން ނަގައިގެން ކ.ތިލަފުށި އިންޖީނުގެއަށް ގެންދިއުން
ޖަނަރޭޓަރ އަދި އެއާގުޅޭ ސާމާނުގެ ބަރުދަން ގާތްގަނޑަކަށް 2.5 ޓަން
ޖަނަރޭޓަރގެ ބޮޑުމިން ގާތްގަނޑަކަށް 6' x '5 xފ8 ފޫޓު
- މި ހުރިހާ ޖަނަރޭޓަރތައް އެރަށެއްގެ އިންޖީނުގޭ ފައުންޑޭޝަން މަތީގައި ބަހައްޓައިދިނުމާއި އަދި ކޭބަލް ރޯލުތައް ވެސް ޕަވަރހައުސް ގޯތިތެރޭގައި އެފަރާތުން ދައްކާ ތަނެއްގައި ބަހައްޓައިދޭންވާނެއެވެ.
- މަތީގައި ބަޔާން ކޮށްފައިވާ ރަށްރަށުގެ ތެރެއިން އއ.މަތިވެރި އަދި ވ.ފުލިދޫ ފިޔަވައި ހުރިހާ ރަށެއްގައި ބަނދަރު ހުންނާނެއެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:-
އަގަށް: 85 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x
މުއްދަތަށް: 10 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
ތަޖުރިބާ: 5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2015/31A
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
29 ރަބީޢުލްއާޚިރު 1436
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338121 / 3338122 ނަންބަރު ފޯނާއެވެ.
- އީމެއިލް ކުރައްވާނީ [email protected].