ދިވެހިރާއްޖެ
އިޢުލާނު
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އައު އިމާރާތައް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދީ އެތަކެތި ރާވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 21 އޯގަސްޓް 2023 (ހޯމަ) ދުވަހުން ފެށިގެން 30 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އާއި އެކު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 30 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 13:15 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަދެންނެވީމެވެ.
ބީލާން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 06 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 06 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހު 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.