ދިވެހިރާއްޖެ
ކޮނޑޭގެ ބިނާވެށި ޕްލޭނަށް ޢަމަލު ކުރަން ފެށުން:
"ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، ބިނާވެށި ޕްލޭން އެކުލަވާލުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން އެކުލަވާލާފައިވާ ގައިޑްލައިނާއި، ގާނޫނު ނަންބަރު 2010/07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭގޮތަށް އެކުލަވާލައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ ނަންބަރު DNPS2/412/2023/6 (24 އެޕްރީލް 2023) ސިޓީއިން ފާސްކޮށްފައިވާ ކުރިއަށް އޮތް 25 އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ގއ.ކޮނޑޭގެ ބިނާވެށި ޕްލޭނާއި، ކޮނޑޭ ކައުންސިލްގެ އިޙްތިސޯސްގެ ތެރޭގައި ހިމެނޭ ގއ.ކޮނޑޭ ވިލިނގިލީގެ ބިނާވެށި ޕްލޭން 06 ޖުލައި 2023 ވަނަ ދުވަހުގެ ރޭ 21:00 ގައި ރައްޔިތުންނާއިއެކު ބޭއްވުނު ބައްދަލުވުމުން ވަނީ ޢަމަލު ކުރުމަށް ފާސްކޮށްފައެވެ.
ވީމާ، 20 އޯގަސްޓް 2023 ވަނަ ދުވަހުން ފެށިގެން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކޮނޑޭގެ ބިނާވެށި ޕްލޭނާއި، ގއ.ކޮނޑޭ ވިލިނގިލީގެ ބިނާވެށި ޕްލޭނަށް ޢަމަލު ކުރެވޭނެ ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.