މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭފަރާތްތަކަށް ލިބޭ ގޯތީގެ ގުރުއަތު ނެގުމާ ގުޅޭ
މި މިނިސްޓްރީއިން 16 އޯގަސްޓް 2023 ގައި ކޮށްފައިވާ ނަންބަރ (IUL) 471-HDS3/471/2023/267 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.
"ބިންވެރިޔާ ސްކީމުގެ" ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން 20 އޯގަސްޓް 2023 ގެ ނިޔަލަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން، ގަލޮޅު ދަނޑުގައި ގުރުނެގުމަށް ހަމަޖެހިފައިވާ ތަނުގައި މާދަމާ (21 އޯގަސްޓް 2023) ގެ ހެދުނު 10:00 ގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެވަގުތަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުމަށް ހަމަޖެހިފައިވަނީ މީޑިއާ ކުރިމަތީގައި މި މިނިސްޓްރީގެ ފަރާތުންނެވެ.
މިހެންވެ، މިކަން އާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.
20 އޮގަސްޓް 2023
ހޯދާ