ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރަރ (ލޯންޑްރީ - ކޮމާޝަލް ސަރވިސަސް ޑިވިޜަން)

މަޤާމު:

  ލޭބަރަރ

މަޤާމުގެ ދާއިރާ:

  ލޯންޑްރީ - ކޮމާޝަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

  01 (އެކެއް)

މަޤާމުގެ ގިންތި:

  ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން:

  ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.
  • މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ޞިއްޙަތެއްގައި ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ލޯންޑްރީގެ އެންމެހާ މަސައްކަތްތައްކުރުން.  
  • ކޮމާޝަލް ސަރވިސަސް ޑިވިޜަންގެ އެންމެހައި މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ފޮޅާ ސާފުކުރުމުގެ މަސައްކަތްތައްކުރުން. 
  • މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ކުންފުނީގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެފަދަ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/3000 ރުފިޔާ
  • ސަރވިސް އެލަވަންސް -/6634 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

  2023 އޮގަސްޓް 26 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7940704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09:00 އިން 14:00 އަށެވެ.
20 އޮގަސްޓް 2023
ހޯދާ