އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފާވާ ތަން: އިސްކަންދަރު ސްކޫލް

ރަށް: ކ. މާލެ

މަޤާމުގެ ބާވަތް: ދާއިމީ   

ސެކްޝަން: އެކަޑަމިކް

ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ކޮމްޕިއުޓަރ ޓެކްނީޝަން

MS1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610

 

-/2000

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ސްކޫލުގެ ކޮމްޕިއުޓަރ، ސަރވާ،، ނެޓްވޯކް ޓްރަބަލްޝޫޓިންގގައި ދިމާވާ މައްސަލަތައް ޗެކްކުރުމަށްފަހު މަރާމާތުކުރުމާއި،  ކޮމްޕިއުޓަރަށް ދިމާވާ ހުރިހާ މައްސަލަތައް ބެލެހެއްޓުމާއި، ސަރވާގެ ސެކިއުރިޓީ ބެލެހެއްޓުން.

- ސްކޫލުގެ ނެޓްވާރކް ބެލެހެއްޓުމާއި، ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 

- ސްކޫލުގެ ހުރިހާ ސިސްޓަމްތައް ރަނގަޅަށް ބަލައި ޗެކްކުރުމާއި، ވައިރަސް ސްކޭންކޮށް އަޕްޑޭޓްކުރުން.

- އެން.ސީ.އައި.ޓީއާ ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވަރކްގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.

- ސްކޫލުގެ ދަރިވަރުންނަށް ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތައި، ކުދިންގެ ކުރިމަތީގައި ރީތި އާދައާއި، އަޚްލާޤީ މިސާލެއްކަމުގައިވުމަށާއި، ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް މުވައްޒަފެއްގެ ހައިސިއްޔަތުން، ވެރިންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.

- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

 - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:  

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް  ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކުރެވިފައިވާ  ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލް ސަރވިސްގެ ކޮމިޝަނުގެ ސީ ވީ ނަމޫނާއާ އެއްގޮތަށް)
  • ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
  • ސުންގަޑި:
  • މި މަޤާމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން 2015 މާރިޗު 1 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން،  ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، އިސްކަންދަރު ސްކޫލަށް ހުށަހެޅުން އެދެމެވެ.
  • އިންޓަވިއު:
  • އިންޓަވިއުކުރުން އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މި ސްކޫލުގެ މީޓިންގ ރޫމުގައެވެ.
  • ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
  • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3323244 ނަންބަރު ފޯނާއެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ