ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވިސް ޕޯޓަލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ:

އިޢުލާން

                    ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓްއާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހެދުމަށް ބޭނުންވެއެވެ.

                    ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަރވިސް ޕޯޓަލް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރެޖިސްޓްރީވެލެއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ނަން، ރަޖިސްޓްރީ ނަންބަރު، މަސްޢޫލްވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔުއްވާ [email protected] އަށް ދީފައިވާ ސުންގަޑީގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ފަހު، ބިޑް ޑޮކިއުމެންޓްތައް ބިޑްގައި ރަޖިސްޓްރީ ވެލެއްވި ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ޙަރަކާތް

ސުންގަޑި

ބިޑް ރަޖިސްޓްރީކުރުން

28 އޯގަސްޓް 2023

ހޯމަ

13:00

މަޢުލޫމާތު ދިނުމުގެ ސެޝަން (އޮންލައިންކޮށް)

 29 އޯގަސްޓް 2023

އަންގާރަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

10 ސެޕްޓެމްބަރ 2023

އާދީއްތަ

13:00

                  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/7915363 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                    04 ޞަފަރު  1445

 

20 އޮގަސްޓް 2023
ހޯދާ