މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސާރވިސަސް
|
އަސާސީ މުސާރަ
|
-/4000ރ (ހަތަރު ހާސް) ރުފިޔާ
|
ސަރވިސް އެލަވަންސް
|
ސަރވިސް އެލަވަންސް (ފިކްސްޑް): -/3300ރ.
ސަރވިސް އެލަވަންސް: 53/33ރ. (ދުވާލަކަށް)
|
ލިވިންގ އެލަވަންސް
|
-/1500ރ (އެއް ހާސް ފަސް ސަތޭކަ) ރުފިޔާ
|
ސްޕެޝަލް އެލަވަންސް
|
-/2000ރ (ދެ ހާސް) ރުފިޔާ
|
އަސާސީ ޝަރުތު
|
- މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން އަދި
- އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން.
- ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
- އޮފީހުގެ ލޮޖިސްޓިކަލް މަސައްކަތްތައް ރޭވުމާ، އެ މަސައްކަތްތައް އިންތިޒާމްކުރުމާ، އެ މަސައްކަތްކުރުން.
- އޮފީހުގެ ޔޫޓިލިޓީ ބިލްތަކާއި އަހަރީ ފީ ދައްކަންޖެހޭ ހުރިހާ ތަކެއްޗެއްގެ އަހަރީ ފީ ކަނޑައެޅިފައިވާ މުއްދަތުގައި ދެއްކުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް އެކައުންޓްސް އެންޑް ފައިނޭންސް ޔުނިޓަށް ފޮނުވުން.
- އޮފީހުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި ފޮޅާ ސާފުކުރުމަށް ކޮންޓްރެކްޓުން ހަވާލުކުރެވިފައިވާ މީހުން ލައްވާ އޮފީސް ސާފުކުރުވާ އެމަސައްކަތް ކުރާ ވަގުތުގައި މަސައްކަތުގެ ފެންވަރު ބަލާ ސުޕަވައިޒް ކުރުން.
- އޮފީހުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމާއި އޮފީހުގައި ގާއިމްކުރެވޭ ފަޔަރ ސޭފްޓީ ސިސްޓަމްތައް ބެލެހެއްޓުން.
- އޮފީސް ހިންގާ އިމާރާތްތަކުގެ ހާލަތު ބަލާ ޗެކްކޮށް، މަރާމާތު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ދިމާވާ މައްސަލަތައް ވަގުތުން މަރާމާތުކޮށް ހައްކުރުން، އަދި އަމިއްލައަށް ނުކުރެވޭވަރުގެ މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން މަރާމާތު ކުރުވުން.
- އޮފީހުގެ ކަރަންޓު ވިއުގައާއި ފޭނާއި ފާޚާނާގެ ނިޒާމުގެ ހާލަތު ބަލާ ޗެކްކޮށް، މަރާމާތުކުރަންޖެހޭ ކަންކަން ފާހަގަކޮށް ދިމާވާ މައްސަލަތައް ވަގުތުން މަރާމާތުކޮށް ހައްލު ކުރުން އަދި އަމިއްލައަށް ނުކުރެވޭވަރުގެ މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން މަރާމާތުކުރުން.
- އޮފީހުގައި ގެންގުޅޭ ކަރަންޓު ސާމާނު، މެޝިނަރީ، އިކްއިޕްމަންޓް، ވެހިކަލް އަދި މިފަދަ އެހެނިހެން ތަކެތި ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށްޓަކައި އެތަކެތި ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ދިމާވާ މައްސަލަތައް ވަގުތުން މަރާމާތުކޮށް ހައްލު ކުރުން، އަދި އަމިއްލައަށް ނުކުރެވޭވަރުގެ މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން މަރާމާތު ކުރުވުން.
- އޮފީހުގައި ބޭނުންކުރާ ފަރުނީޗަރު ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށްޓަކައި އެތަކެތި ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ދިމާވާ މައްސަލަތައް ވަގުތުން މަރާމާތުކޮސް ހައްލު ކުރުން، އަދި އަމިއްލައަށް ނުކުރެވޭވަރުގެ މަރާމާތުތައް ވެރިންގެ އިރުޝާދުގެ މަތިން މަރާމަތު ކުރުވުން.
- އޮފީހުގައި އަލަށް ކުރެވޭ ޢިމާރާތްތަކާއި ކުރެވެމުންދާ ބޮޑެތި މަރާމާތުތަކުގެ މަސައްކަތުގެ ފެންވަރުބަލާ އެކަށީގެންވާގޮތަކަށް މިމަސައްކަތްތައް ގެންދިއުން އަދި މިފަދަ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް އޮފީހުން ދޭންޖެހޭ ޚިދުމަތް ދިނުން.
- މަރާމާތާ ގުޅޭ ކަންކަމަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމުގައި އެހިތެރިވުން.
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގައި އެހީތެރިވުމާއި ޔުނިޓުގެ މުވައްޒަފެއް ނެތްހާލަތެއްގައި އެމުވައްޒަފެއްގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.
- އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
އެހެނިހެން
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި
|
28 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.
|